"ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 3 ސެޕްޓެމްބަރ 2026ގައި ފުވައްމުލައް ސިޓީގެ ޓީމްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2026 " ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ފުވައްމުލައް ސިޓީގެ 40 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.