ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި ބިން ދޫކުރުމާއި ، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ފުވައްމުލައް ސިޓީއިން އާންމުކޮށްފައިވާ "ފުވައްމުލައް ސިޓީއިން ދަނޑުވެރިކަމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލް" އިސްލާހު ކުރުމަށްފަހު މިއިޢުލާނާއި އެކު ޢާންމު ކުރީމެވެ.
ވީމާ، މިއުސޫލްގެ ދަށުން ދަނޑުވެރިކަމަށް ބިން ހޯދުމަށް ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "ދަނޑުވެރިކަމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލް" އަށް ގެނެވުނު އިސްލާހާއި ގުޅިގެން ކުރިން ހުށަހަޅާފައިވާ ފޯމަށް އިތުރު ބަދަލެއް ގެންނަށް ބޭނުންވާ ފަރާތްތަކާއި އަދި އަލަށް ފޯމް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ފަރާތްތަކުން "ފުވައްމުލައް ސިޓީއިން ދަނޑުވެރިކަމަށް ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށް ފަހު 04 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ފޮނުވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ ފޯމް މިއިދާރާގެ ފްރޮންޓް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6862828 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
20 ރަޖަބު 1446
20 ޖެނުއަރީ 2025