ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީއަށް ބޭފުޅަކު އައްޔަން ކުރުމާއި ގުޅޭ
ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީއަށް އެކި ދާއިރާތަކުގެ ބޭފުޅުން އައްޔަން ކުރުމާއި ގުޅޭ
28 އޮކްޓޯބަރ 2020 ގައި ބޭއްވުނު 32ވަނަ “Man And Biosphere Reserve International Committee” ގައި ފުވައްމުލައް ވަނީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއް ކަމަށް ކަނޑައަޅާފައެވެ. ވީމާ ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިޒާވަށް އެޑްވައިސަރީ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީގައި ހިމެނޭނީ ފުވައްމުލައް ބަޔޮސްފިއަރ ރިޒާވާއި ބެހޭގޮތުން ގޮތްނިންމުމަށް ލަފާ ހޯދުން މުހިންމު ކޮންމެ އިދާރާއެއް/ދާއިރާއެއް ތަމްސީލުކުރާ (1) ބޭފުޅެކެވެ.
މި ކޮމެޓީ އެކުލަވާލުމުގެ މަޤްސަދުތަކަކީ:
1. ބަޔޮސްފިއަރ ރިޒާވެއްގައި ހުންނަންޖެހޭ ސިފަތައް ހާސިލުކުރުމަށް، ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ގޮތްނިންމުމުގައި އަދި ތަންފީޒުކުރުމުގައި ސްޓޭކްހޯލްޑަރުން ބައިވެރިކުރުވާ ލަފާހޯދުން.
2. އަތޮޅު ފެންވަރުގައި "މޭން އެންޑް ބަޔޮސްފިއަރ" ޕްރޮގްރާމްގެ ލަނޑުދަނޑިތަކާއި މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމަށް ލަފާ ދީ ކޯޑިނޭޓްކުރުން.
3. ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެ ތަންތަނުން މަންފާ ހޯދޭނެ މަގުތައް ފަހިކޮށް، އިޤްތިސާދު ކުރިއެރުވުން.
ވީމާ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާ ތަމްސީލުކުރުމަށްޓަކައި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމެޓީއަށް އައްޔަން ކުރާނެ ބޭފުޅަކާއި އަދި އެ ބޭފުޅަކަށް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވިއްޖެ ހާލަތެއްގައި ބަދަލުގައި ބައިވެރިވާނެ މެމްބަރެއް ހޮވުމަށް ބޭއްވޭ ބައްދަލުވުމެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ދާއިރާގައި ފުވައްމުލަކުގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް ތިރީގައިވާ ވާ ގޮތަށް ބައްދަލުވުވުމުގައި ބައިވެރިވެދެއްވުމަށް އެދި ދައުވަތު އަރުވާ އިޢުލާން ކުރަމެވެ.
ދާއިރާ: ފުވައްމުލަކުގެ ރާޅާއެޅުމުގެ ދާއިރާ
ދުވަސް: 16 ނޮވެމްބަރ 2026
ގަޑި: 13:00
ތަން: ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމް
10 ނޮވެމްބަރ 2026
01 ޖުމާދަލްއާޚިރާ 1448
