1618

ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

ޕަބްލިޝްކުރެވުނު ތާރީޚް: 8 ސެޕްޓެމްބަރ 2026
(IUL)468-ESDS/468/2026/174
ސުންގަޑި: 14 ސެޕްޓެމްބަރ 2026(މެންދުރު 12:00)

"ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 24 ސެޕްޓެމްބަރ 2026 ގައި ފުވައްމުލަކުގެ ހުރިހާ އަވަށެއްގެ އަންހެން ޓީމްތަކަށް އަމާޒުކޮށްގެން "ފުވައްމުލައް ސިޓީ ކައުންސިލް ބަށިބޯޅަ މުބާރާތް 2026" ގެ ނަމުގައި ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ރައްޔިތުންގެ މެދުގައި ބަށި ކުޅުމުގެ ރޫޙް އާލާކޮށް މޮޅު ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި މިކައުންސިލުން މުޅިން އަލަށް ރަވާ ހިންގާ މުބާރާތެކެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން[email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް