މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

1448 ގެ ރަމަޟާން މަހު ބޭރުން ޙާފިޡުންގެންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 23 ނޮވެމްބަރ 2026
(IUL)468-CSI/468/2026/228

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މި ސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ގެންނަ ޙާފިޡުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

މިގޮތުން، މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡުން ގެނައުމަށްޓަކައި އަމިއްލަ ފަރާތްތަކުން މި ކައުންސިލުގައި މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް -/15,000 (ފަނަރަހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތުގެ މަތިން މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި އެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެހީއަށް އެދޭ ފޯމު މި ކައުންސިލްގެ ފްރޮންޓް އޮފީހުންނާއި ކައުނސިލްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް

1448 ގެ ރަމަޟާން މަހު ބޭރުން ޙާފިޡުންގެންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ