1618

2026 ވަނައަހަރުގެ އިންތިޚާބުތަކާއި ގުޅިގެން ބަހައްޓާފައި ހުރި ޕޯސްޓަރުތަކާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 4 މެއި 2026
(IUL)468-FPS/468/2026/85
ސުންގަޑި: 7 މެއި 2026(މެންދުރު 14:00)

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޙާބު އަދި ރިފަރަންޑަމް އާއި ގުޅިގެން ފުވައްމުލައް ސިޓީގެ އާންމު ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އިސްތިހާރު، ބިލްބޯޑު، ބެނަރފަދަ ތަކެތި އާއި ގުޅިގެން

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރިފަރަންޑަމް އާއި ގުޅިގެން ތާއިދު ހޯދުމުގެ ގޮތުން މި ސިޓީގެ މަގުތަކާއި އެކި އާންމު ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އިސްތިހާރު، ބިލްބޯޑު، ބެނަރފަދަ ތަކެތި އިންތިޙަބު ނިމުމަށްފަހުވެސް ނުނަގާ ހުރިކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. ޤަވާއިދު ނަންބަރު 2020/R-48(އިންތިޚާބުތަކާބެހޭ އާންމު ޤަވާއިދު) ގެ 19 ވަނަ މާއްދާގެ 10 ގައި "އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ބެހެއްޓި ފަރާތަކުން ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ޒިންމާ" ކަމަށް ބަޔާންކުރެވިފައިވެއެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަތަމަ ފަހަރު، ރިފަރަންޑަމް ވޯޓު، އަދި ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ފަހަރުގެ ނަތީއްޖާ އިއުލާންކުރިތާ 10 ދުވަހަށްވުރެން ގިނަ ދުވަސްވެފައި ވީކަން ފާހަގަކޮށް، ކެންޑިޑޭޓުން އެ ފަރާތަކުން ބަހައްޓާފައިވާ އިސްތިހާރު، ބިލްބޯޑު އަދި ބެނަރފަދަތަކެތި މިއަދު (04 އެޕްރީލް 2026) ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް ދަންނަވަމެވެ.