ފުވައްމުލަކު ފުނާޑު ކަނދޮވަލި ފަންނުގައި ހުރި ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
01 އިން 103 އަށް ނަންބަރު ޖަހާފައިވާ ރުއްތައް
104 އިން 126 އަށް ނަންބަރު ޖަހާފައިވާ ފުނަ ގަސްތައް
ވީމާ މި ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ އެ ރުއްގަސްތަކުގެ މިލްކުވެރިކަން އެނގޭނެ ލިޔުމާއިއެކު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ސިޓީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރާތް) ހުށަހެޅުއްވުން އެދެމެވެ.