ސެޓްފިކެޓް 3 އިން ހެރިޓޭޖް ސްޓަޑީޒް އެންޑް މިއުޒިއަމް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
ދިވެހީންގެ ހަނދާންތައް އެއްކުރުމާއި ތަރިކައިގެ ދާއިރާ ކުރިއަރުވައި ދިރުވުމަށް އަމާޒުކޮށް، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ހެރިޓޭޖް ސްޓަޑީޒް އެންޑް މިއުޒިއަމް މެނޭޖްމަންޓް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހުޅުވާލަމެވެ.
މި ކޯހަކީ މުޅިން ހިލޭ، އޮންލައިންކޮށް 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ކޯހުގެ މައިގަނޑު ބައިތައް:
ދިވެހީންގެ ހަނދާންތައް އެއްކުރުން
ތަރިކައިގެ މަފްހޫމާއި އޭގެ މުހިންމުކަން
ރަށްވެހި އާސާރު އުފެއްދުމާއި ބެލެހެއްޓުން
ތަރިކަ ރައްކާތެރިކުރުމާއި ދިރުވުމާ ގުޅޭ އަސާސީ މަޢުލޫމާތު
ކޯހުގެ ބައިވެރިން ހޮވުމާއި ނަންނޯޓުކުރުމުގެ ތަފްޞީލު:
ކަނޑައެޅިފައިވާ ޖާގަ: 9 (ނުވައެއް)
ނަން ނޯޓުކުރުމުގެ ސުންގަޑި: 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަސް، 12:00
ފޯރމު ލިންކް: https://forms.gle/CN3ZaFiqV6S3m4ax6
އިތުރު މަޢުލޫމާތު: ގުޅުއްވާނީ 1618 / ވައިބަރ: 7487911
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރެއްވުން އެދެމެވެ. ކޯހުގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ ނަންނޯޓުކުރާ ތަރުތީބުންނެވެ.
