އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތަށް އިޢުލާން ކުރުން

ޕަބްލިޝްކުރެވުނު ތާރީޚް: 12 ނޮވެމްބަރ 2024
(IUL)468-ESDS/468/2024/301
ސުންގަޑި: 17 ނޮވެމްބަރ 2024(މެންދުރު 14:00)

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 23 ނޮވެމްބަރ 2024 ގައި މިސިޓީގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމް ތަކުން 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު youth@fuvahmulah.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ޓީމް ލިސްޓް ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެ ވާހާކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 686001 ފޯނާއި ގުޅުއްވުން އެދެމެވެ.

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް

އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތަށް އިޢުލާން ކުރުން