ފުވައްމުލަކު ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން "ކަމަނަ ރަން" ގެ ނަމުގައި ފުވައްމުލައް ސިޓީގެ އަންހެން ކަނބަލުންނަށް ޚާއްސަ ރިލޭ ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވުމުގައި ބައިވެރިވެވޭނީ ފުވައްމުލައް ސިޓީގެ އަވަށްތަކުން ބައިވެރިކުރާ ޓީމްތަކަށެވެ.
ވީމާ، މިދުވުމުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޓީމްލިސްޓް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޓީމްލިސްޓް ފޯމް އަދި ޤަވާޢިދު ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.