1618

ބަޔޮސްފިއަރ ރިޒާވް ގެ އެޑްވައިސަރީ ކޮމިޓީއަށް އެކި ދާއިރާތަކުގެ ބޭފުޅުން އައްޔަން ކުރުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 24 ޖޫން 2026
(IUL)468-ES/468/2026/119

ނަންބަރ:

28 އޮކްޓޯބަރ 2020 ގައި ބޭއްވުނު 32ވަނަ “Man And Biosphere Reserve International Committee” ގައި ފުވައްމުލައް ވަނީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއް ކަމަށް ކަނޑައަޅާފައެވެ. ވީމާ ޔުނެސްކޯ ފުވައްމުލައް ބަޔޮސްފިއަރ ރިޒާވަށް އެޑްވައިސަރީ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީގައި ހިމެނޭނީ ފުވައްމުލައް ބަޔޮސްފިއަރ ރިޒާވާއި ބެހޭގޮތުން ގޮތްނިންމުމަށް ލަފާ ހޯދުން މުހިންމު ކޮންމެ އިދާރާއެއް/ދާއިރާއެއް ތަމްސީލުކުރާ (1) ބޭފުޅެކެވެ.

މި ކޮމެޓީ އެކުލަވާލުމުގެ މަޤްސަދުތަކަކީ:

1. ބަޔޮސްފިއަރ ރިޒާވެއްގައި ހުންނަންޖެހޭ ސިފަތައް ހާސިލުކުރުމަށް، ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ގޮތްނިންމުމުގައި އަދި ތަންފީޒުކުރުމުގައި ސްޓޭކްހޯލްޑަރުން ބައިވެރިކުރުވާ ލަފާހޯދުން.

2. އަތޮޅު ފެންވަރުގައި "މޭން އެންޑް ބަޔޮސްފިއަރ" ޕްރޮގްރާމްގެ ލަނޑުދަނޑިތަކާއި މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމަށް ލަފާ ދީ ކޯޑިނޭޓްކުރުން.

3. ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އެ ތަންތަނުން މަންފާ ހޯދޭނެ މަގުތައް ފަހިކޮށް، އިޤްތިސާދު ކުރިއެރުވުން.

ވީމާ ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ދާއިރާތައް ތަމްސީލުކުރުމަށްޓަކައި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމެޓީއަށް އައްޔަން ކުރާނެ ބޭފުޅަކާއި އަދި އެ ބޭފުޅަކަށް ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވިއްޖެ ހާލަތެއްގައި ބަދަލުގައި ބައިވެރިވާނެ މެމްބަރެއް ހޮވުމަށް ބޭއްވޭ ބައްދަލުވުންތަކެއް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް ތާވަލުގައި ވާ ގޮތަށް ބައްދަލުވުވުމުގައި ބައިވެރިވެދެއްވުމަށް އެދި ދައުވަތު އަރުވާ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ތަފާތު ދާއިރާތަކުގެ ފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ތާވަލު ތިރީގައި އެވަނީއެވެ. މި ހުރިހާ ބައްދަލުވުންތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި ގެސްޓް ހައުސް އަދި ހޯމް ސްޓޭ ދާއިރާގެ ބައްދަލުވުން އޮންނާނެއެވެ. އެ ދުވަހުގެ 14:00 ގައި ދިވެހި ބޭސްވެރިކަމުގެ ދާއިރާގެ ބައްދަލުވުން އޮންނައިރު، ރޭގަނޑު 20:15 ގައި އޮންނާނީ ޑައިވް ސެންޓަރުތަކުގެ ބައްދަލުވުމެވެ.

29 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ތަރިކައާއި ސަޤާފަތުގެ ދާއިރާގެ ބައްދަލުވުން ކުރިއަށްދާނެއެވެ. ހަމަ އެދުވަހުގެ ހަވީރު 16:00 ގައި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ރޭގަނޑު 20:15 ގައި އޮންނާނީ މަސްވެރިކަމުގެ ދާއިރާގެ ބައްދަލުވުމެވެ.

މީގެ އިތުރުން، 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:15 ގައި ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ބައްދަލުވުން ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފުވައްމުލަކު ނޭޗަރ ޕާރކުގެ ނަންބަރަށް 7590059 ގުޅުއްވުން އެދެމެވެ.

23 ޖޫން 2026

08 މުޙައްރަމް 1447

އިއުލާނާއި ގުޅޭ ލިޔެކިޔުންތައް

ބަޔޮސްފިއަރ ރިޒާވް ގެ އެޑްވައިސަރީ ކޮމިޓީއަށް އެކި ދާއިރާތަކުގެ ބޭފުޅުން އައްޔަން ކުރުމާއި ގުޅޭ