"ރަށިބާޒާރޮ 2025" ގެ ސްޓޯލްތަކަށް ރަޖިސްޓްރީ ކުރުން

20 އޮގަސްޓް 2025|(IUL)468-CS/468/2025/222
ސުންގަޑި: 26 އޮގަސްޓް 2025 (ހެނދުނު 7:0)

16 ވަނަ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕާއި ގުޅުވައިގެން "ރަށި ބާޒާރޮ 2025" ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ޚާއްޞަ ބާޒާރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ހުޅުވާލެވިގެން ބޭއްވޭ މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9، 10، 11 ،12 އަދި 13 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 23:00 އަށެވެ.

މި ބާޒާރުގެ މައިގަނޑު އެއް މަޤުޞަދަކީ ޢާންމުކޮށް ލިބެން ހުންނަ އަގަށްވުރެން ހެޔޮ އަގުގައި، ތަފާތު އެކިކަހަލަ މުދާތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމާއި، އެތްލެޓިކްސް މުބާރާތަށް ރަށަށް އަންނަ ފަރާތްތަކާއި ރަށުގެ ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ޙަރަކާތެއް ހިންގުމެވެ. މީގެ އިތުރުން މިކައުންސިލާއި އެޑްވެންޗަރ އަޕް ގުޅިގެން ބާއްވާ ކާނިވަލެއްވެސް މިބާޒާރާއިއެކު ކުރިއަށް ދާނެއެވެ.

އެހެންކަމުން، މި ބާޒާރުގައި ވިޔަފާރި ސްޓޯލްތައް ބަހައްޓަން ޝައުޤުވެރިވާ ފަރާތްތަކުން 2025 އޯގަސްޓް 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި ފޯމް ފޯމު ފުރިހަމަކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7984243 އަށް ގުޅުއްވުން އެދެމެވެ.

އޮންލައިން ފޯމް ލިންކް: https://forms.office.com/r/MpqHFyCd5Z