ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ސަންސްވިޗް އަދި ބްރޭކަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް
200 ސަންސްވިޗް
100 ބްރޭކަރ (6 އެމްޕިޔަރ، ސިންގަލް ޕޯލް)
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 ޑިސެމްބަރ 2022 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862830، 6862829
އީމެއިލް: [email protected]