1618

ފުވައްމުލަކު ކާމުރަނގަފަންނުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 10 ޑިސެމްބަރ 2025
(IUL)468-APS/468/2025/281
ބީލަން ހުށަހެޅުން: 18 ޑިސެމްބަރ 2025(ހެނދުނު 10:00)
މައުލޫމާތު ސާފުކުރުން: 14 ޑިސެމްބަރ 2025(ހެނދުނު 11:00)

ފުވައްމުލަކު ކާމުރަނގަފަންނުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލު / ޤާވާއިދު އާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޑިސެމްބަރ 2025ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގް ރޫމްގައި (އަސުރުމާ މާލަމް) އޮންނާނެއެވެ.

ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގް ރޫމްގައި (އަސުރުމާ މާލަމް) އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862823، 6862812

އީމެއިލް: [email protected]

ފުވައްމުލަކު ކާމުރަނގަފަންނުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ