ފުވައްމުލަކު ސައިޓް އޮފީހަށް ބޭނުންވާ ބޮބްކެޓް ލޯޑަރގެ ޓްރެކް ރަބަރު ހޯދުމާއި ގުޅޭ

6 ނޮވެމްބަރ 2024|(IUL)468-APS/468/2024/300
ރަޖިސްޓަރކުރަންވީ ތާރީޙް: 14 ނޮވެމްބަރ 2024 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 19 ނޮވެމްބަރ 2024 (ހެނދުނު 6:0)

ފުވައްމުލަކު ސައިޓް އޮފީހަށް ބޭނުންވާ ބޮބްކެޓް ލޯޑަރގެ ޓްރެކް ރަބަރު ހޯދަންކުރެވުނު ނަންބަރ (IUL)468-APS/468/2024/254 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް / ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862823، 6862812

އީމެއިލް: [email protected]