"ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގެ ސްޓޭޖް ސެޓަޕް ހެދުމާއި ގުޅޭ

11 ސެޕްޓެމްބަރ 2024|2024/46
ބީލަން ހުށަހެޅުން: 14 ސެޕްޓެމްބަރ 2024 (ހެނދުނު 6:0)
މައުލޫމާތު ސާފުކުރުން: 12 ސެޕްޓެމްބަރ 2024 (ހެނދުނު 6:0)އަގުބަލާ ފޯމް

ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގެ ސްޓޭޖް ސެޓަޕް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.

މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަސައްކަތުގެ އަގުބަލާ ފޯމާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 14 ސެޕްޓެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 14 ސެޕްޓެމްބަރ 2024 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.