އެޑްމިން އަދި ޕްރޮކިއުމެންޓް ސެކްޝަންގެ ފާރުތަށް މަރާމާތު ކުރުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 9 ސެޕްޓެމްބަރ 2024
2024/44
ބީލަން ހުށަހެޅުން: 11 ސެޕްޓެމްބަރ 2024(ހެނދުނު 11:00)
މައުލޫމާތު ސާފުކުރުން: 10 ސެޕްޓެމްބަރ 2024(ހެނދުނު 10:00)

އެޑްމިން އަދި ޕްރޮކިއުމެންޓް ސެކްޝަންގެ ފާރުތަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.

މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައިއޮންނާނެއެވެ. އަގުބަލާ ފޯމު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށެވެ.

އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 11 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް (procurement@fuvahmulah.gov.mv) މެއިލް ކުރެއްވުން އެދެމެވެ.

އާރްއެފްކިއު އާއިގުޅޭ މައުލޫމާތު