ފުވައްމުލަކު ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 12 ނޮވެމްބަރ 2025
(IUL)468-APS/468/2025/261
ބީލަން ހުށަހެޅުން: 20 ނޮވެމްބަރ 2025(ހެނދުނު 11:30)
ރަޖިސްޓަރކުރަންވީ ތާރީޚް: 17 ނޮވެމްބަރ 2025(މެންދުރު 12:00)

ފުވައްމުލަކު ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862812

އީމެއިލް: [email protected]

ބީލަމާއިގުޅޭ މައުލޫމާތު

ފުވައްމުލަކު ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ