1618

ފުވައްމުލައް ދިގުވާނޑު ހޭންޑްބޯޅަ ކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 25 ފެބްރުއަރީ 2026
(IUL)468-APS/468/2026/42
ބީލަން ހުށަހެޅުން: 9 މާރިޗް 2026(ހެނދުނު 11:00)
މައުލޫމާތު ސާފުކުރުން: 5 މާރިޗް 2026(ހެނދުނު 11:30)
ރަޖިސްޓަރކުރަންވީ ތާރީޚް: 4 މާރިޗް 2026(މެންދުރު 13:00)

ފުވައްމުލައް ދިގުވާނޑު އަވަށު ހޭންޑްބޯޅަ ކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 05 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް ގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 08 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 09 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862497

އީމެއިލް: [email protected]

ބީލަމާއިގުޅޭ މައުލޫމާތު

ފުވައްމުލައް ދިގުވާނޑު ހޭންޑްބޯޅަ ކޯޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ