1618

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 24 އޮގަސްޓް 2026
(IUL)468-APS/468/2026/160
ބީލަން ހުށަހެޅުން: 3 ސެޕްޓެމްބަރ 2026(ހެނދުނު 10:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 31 އޮގަސްޓް 2026(މެންދުރު 12:00)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިމާރާތްތައް 06 މަސްދުވަހުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ތަފްސީލް:

1.1 ސައިޓް 01 – ފުވައްމުލަކު އިޖްތިމާއީ މަރުކަޒު އަދި ފުވައްމުލަކު ލައިބްރަރީ

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 އޮގަސްޓް 2026 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862497،6862498

އީމެއިލް: [email protected]

ބީލަމާއިގުޅޭ މައުލޫމާތު