ފުވައްމުލަކު ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 17 އޮކްޓޯބަރ 2024
(IUL)468-APS/468/2024/290
ބީލަން ހުށަހެޅުން: 28 އޮކްޓޯބަރ 2024(ހެނދުނު 11:30)
ރަޖިސްޓަރކުރަންވީ ތާރީޚް: 23 އޮކްޓޯބަރ 2024(މެންދުރު 12:00)

ފުވައްމުލަކު ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހު 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 27 އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޫބަރ 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862812

އީމެއިލް: procurement@fuvahmulah.gov.mv

ބީލަމާއިގުޅޭ މައުލޫމާތު