ފުވައްމުލަކު ސިޓީ ކައުންސިލް އަށް ބޭނުންވާ ކެމެރާ ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 8 އޮކްޓޯބަރ 2025
(IUL)468-APS/468/2025/246
ބީލަން ހުށަހެޅުން: 19 އޮކްޓޯބަރ 2025(ހެނދުނު 10:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 14 އޮކްޓޯބަރ 2025(ހެނދުނު 11:00)

ފުވައްމުލަކު ސިޓީ ކައުންސިލް އަށް ބޭނުންވާ ކެމެރާ ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 އޮކްޓޫބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 15 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޫބަރ 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862812

އީމެއިލް: procurement@fuvahmulah.gov.mv

ބީލަމާއިގުޅޭ މައުލޫމާތު