މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

ރުއްތައް ވަރުވާ އަށް ދޫކުރުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 18 އޮކްޓޯބަރ 2026
(IUL)468-APS/468/2026/203
ބީލަން ހުށަހެޅުން: 28 އޮކްޓޯބަރ 2026(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 22 އޮކްޓޯބަރ 2026(ހެނދުނު 10:00)

އުއްމުލްޤުރާ ވަށައިގެން ހުރި 18 ރުއް ވަރުވާއަށް ނެގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] (އާ ވިންޑޯއެއްގައި ހުޅުވޭނެ) އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 11:00 ގައި އަސުރުމާ މާލަމް ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862497،6862498

އީމެއިލް: [email protected] (އާ ވިންޑޯއެއްގައި ހުޅުވޭނެ)

ބީލަމާއިގުޅޭ މައުލޫމާތު

ރުއްތައް ވަރުވާ އަށް ދޫކުރުމާއި ގުޅޭ