މަސްޖިދުލް އުއްމުލް ޤުރާގެ ސީލިންގ އަދި ޝީޓް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.