ފުވައްމުލަކު ބަނދަރުގައި އުޅަނދުފަހަރުގެ ވާ އެއްސުމަށް މޫޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 28 ޖެނުއަރީ 2025
(IUL)468-APS/468/2025/19
ބީލަން ހުށަހެޅުން: 9 ފެބްރުއަރީ 2025(ހެނދުނު 11:00)
މައުލޫމާތު ސާފުކުރުން: 3 ފެބްރުއަރީ 2025(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 2 ފެބްރުއަރީ 2025(މެންދުރު 12:00)

ފުވައްމުލަކު ބަނދަރުގައި އުޅަނދުފަހަރު ވާ އެއްސުމަށް މޫޓް ހަރުކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 ފެބްރުވަރީ 2025 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 03 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 04 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 04 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 09 ފެބްރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: , 68628306862812

އީމެއިލް: procurement@fuvahmulah.gov.mv

ބީލަމާއިގުޅޭ މައުލޫމާތު