ފުވައްމުލަކު ސިޓީ ކައުންސިލްގެ 16 ނަންބަރު ކުލީ ބިން ކުއްޔަށް ދިނުމާއި ގުޅޭ

2 މެއި 2023|(IUL)468-APS/468/2023/131
ރަޖިސްޓަރކުރަންވީ ތާރީޙް: 8 މެއި 2023 ( 5:0)ބީލަން ހުށަހެޅުން: 11 މެއި 2023 ( 5:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ 16 ނަންބަރު ކުލީ ބިން ކުއްޔަށް ދިނުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީ ކައުންސިލްގެ 16 ނަންބަރު ކުލީ ބިން (އިރުޝާދުގެ ގޯތީގެ ހުޅަނގުން އޮތް ބިން) ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 މެއި 2023 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

12 ޝައްވާލް 1444

02 މެއި 2023