ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އިލެކްޓްރިކް ކޭބަލް ހޯދުމާއިގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 20 ޖެނުއަރީ 2025
(IUL)468-APS/468/2025/11
ބީލަން ހުށަހެޅުން: 28 ޖެނުއަރީ 2025(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 26 ޖެނުއަރީ 2025(ހެނދުނު 11:00)

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އިލެކްޓްރިކް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862812

އީމެއިލް: procurement@fuvahmulah.gov.mv

ބީލަމާއިގުޅޭ މައުލޫމާތު

މަސައްކަތް ހަވާލުކުރެވުނު ފަރާތް

Capital trust pvt ltd

65000

Binder1.pdf