އިޢުލާނު
މަޤާމު:
ކައުންސިލް އެގްޒެކެޓިވް
މަޤާމުގެ ނަންބަރު:
J-372355
ބޭނުންވާ އަދަދު:
01
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކު:
އީ. އެކްސް. 1
މަޤާމުގެ ކްލެސިފިކޭޝަން:
ޑިރެކްޓަރ
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް
މުސާރަ:
މަހަކު 8835.00 (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)
ސަރވިސް އެލަވަންސް:
މަހަކު 2000 (ދެހާސް) ރުފިޔާ
އެހެނިހެން އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުވައްޒަފަށް ލިބޭ މުސާރައިގެ 35%
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
ފުވައްމުލަކު ރައްޔިތުންނަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުވުން.
އެކިއެކި ކޮލެޖް، ޔުނިވަރސިޓީ އާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކާއި ކައުންސިލް ގުޅިގެން ހިންގާ ކޯސްތައް ހިންގުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
ސަރުކާރުގެ އެކި އެކި ވުޒާރާތަކުން ހިންގާ އެކި އެކި ޓްރޭނިން ޕޮރުގުރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުމައްޓަކައި އެކިއެކި ޓްރޭނިންގ ޕޮރުގުރާމްތައް ރޭވުން
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒްގެ ފުވައްމުލައް ގޮފީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމާއި ކިޔަވައި ދިނުމާއި ބެހޭ އެންމެހައި ކަންކަން މަރުކަޒުގެ ލަފާގެ މަތިން ހިންގާ ބެލެހެއްޓުން.
ޤުރުއާން މުބާރާތް، މަދަހަ މުބާރާތް،ކުއިޒް މުބާރާތް،ބަހުސް މުބާރާތް އަދި ޤުރުއާން އާއި ސައިންސް ފޯރަމް ބޭއްވުން
ކުޑަކުދިންނަށް ނަމާދު ކުރަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގުމާއި ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނި ތަކާއި އެކި ކައުންސިލް އަދި ސްކޫލް ތަކުން ހިންގާ އެކްޓިވިޓީ ތަކަށް އެހީތެރިވުން
ބޮޑެތިމީހުންގެ ތައުލީމު ކުރިއަރުވަން މަސައްކަތް ކުރުވުން
ފުވައްމުލައް ސިޓީ ކައުންސިލުން ގާއިމްކުރާ ލައިބްރަރީ ހިންގުމުގެ އެންމެހައި މަސައްކަތް ކުރުވުން
ދެކުނު ސަރަހައްދުގެ ސްކޫލްތަކާއި ގުޅިގެން ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
ފުވައްމުލަކުގައި ހާފިޒުން އުފެއްދުމަށް މަސައްކަތް ކުރުވުން
އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމުތައް ހިންގުން
ގެވެށި އަނިޔާއާއި އިޖުތިމާޢީ ރައްކާތެރިކަން ގެއްލިފައިވާ ފަރާތްތަކަށް އެމީހުންގެ ޙައްޤު ހޯދައިދިނުމުގެ ގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
ފުވައްމުލައް ސިޓީގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށްޓަކައި ސިއްޙީ މާހިރުންގެ އެހީތެރިކަމާއިއެކު ބޭނުންވާ މަޢުލޫމާތު ފެތުރުން.
ޕަބްލިކް ހެލްތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން. ރަށުގެ ސާފުތާހިރުކަމާއި ގުޅޭ ގޮތުން ޕްރޮގްރާމް ހިންގައި ރައްޔިތުން ހޭލުންތެރި ކުރުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ރާވާ ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.
ހުކުމް ތަންފީޒު ކުރުމަށްޓަކައި ކުށްވެރިން ބަންދު ކުރުމާއި ބަންދުން ދޫކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
ދީނަށް އަހުލުވެރި ރައްޔިތެއް ބިނާ ކުރުމަށް މަސައްކަތް ކުރުވުން
އިބަމަ ހަރަކާތްތައް ހިންގުން
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި އެކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުވުން
ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ހޯދައި ދިނުމުގެ މަސައްކަތް ކުރުވުން
ދާންމަތި ވެފައިވާ ފަރާތްތަކަށް ކޮންމެ 3 މަހުން ވިޒިޓް ކުރުމާއި އެމީހުންގެ ހާލަތު ދެނެގަނެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
ނުކުޅެންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އެކުލަވާލާ އަދި އެފަރާތްތަކަށް ޙާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތައް ރާވައި ހިންގައި، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް މަސައްކަތްކުރުވުން.
އެކަނިވެރި މައިންނާއި، އަސާސީ ޕެންޝަން ހައްގުވާ ފަރާތްތަކަށް ފޯމު ފުރާ ދިނުމާއި އެމީހުންގެ ހައްގު ހޯދައި ދިނުމުގެ މަސައްކަތް ކުރުވުން
ގުދުރަތީ ކާރިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ހޯދައި ދިނުމާއި ލިބޭ ގެއްލުން ރިޕޯޓު ކުރުމުގެ މަސައްކަތް ކުރުން
މަސްތުވާތަކެތިން ސަލާމަތް ކުރުމަށް ޑިޓޮކްސް އާއި ގުޅިގެން މަސައްކަތް ކުރުން
މަޤާމުގެ ޝަރުޠުތައް:
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް.(ޕްރިފަރޑް)
އެކައުންޓިންގ, އެޑްމިނިސްޓްރޭޝަން ,އެގްރިކަލްޗަރަލް ސައިންސް ,އެންތްރޯޕޮލޮޖީ ,އާކިޓެކްޗަރ ,ބިޒްނަސް , ބިޒްނަސް ,އެޑްމިނިސްޓްރޭޝަން ,ބިޒްނަސް މެނޭޖްމަންޓް ,ސިވިލް އިންޖިނިއަރިންގ ,ކޮމާސް ,ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ,ކޮމްޕިއުޓަރ ސައިންސް ,ކައުންސިލް އެޑްމިނިސްޓްރޭޝަން ,ކަލްޗަރ އެންޑް ހެރިޓޭޖް ,ޑިމޮގްރަފީ ,ޑިވެލޮޕްމަންޓް ސްޓަޑީޒް ,އިކޮނޮމިކްސް ,އެޑިއުކޭޝަން ,އެންވަޔަރަންމެންޓަލް ސައިންސް ,ފައިނޭންސް ,ގަވަރނަންސް ,ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ,ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ,ހިއުމަން ރިސޯސް ,އިންފޮމޭޝަން ޓެކްނޮލޮޖީ ,އިންޓަނޭޝަނަލް ރިލޭޝަންސް ,ލޯ ,ލީޑަރޝިޕް , ލައިބްރަރީ ސައިންސް ,ލޯކަލް ގަވަރނަންސް ,މެނޭޖްމަންޓް ,މެރިން ސައިންސް ,މާކެޓިންގ ,އޮފީސް އެޑްމިނިސްޓްރޭޝަން ,ޕޮލިސީ ސްޓަޑިޒް ,ޕޮލިޓިކަލް ސައިންސް ,ޕްރޮޖެކްޓު މެނޭޖުމަންޓު ,ޕަބްލިކް އެޑްމިނިސްޓްރޭޝަން , ޕަބްލިކް މޭނޭޖްމަންޓް, ޕަބްލިކް ޕޮލިސީ, ޕަބްލިކް ރިލޭޝަންސް, ޝަރީޢާ އެންޑް ލޯ , ސޯޝަލް ސައިންސް ,ސޯޝަލް ވޯރކް , ސޯޝިއޮލޮޖީ, ސްޕޯޓްސް މެނޭޖްމަންޓް, ސްޓެޓިސްޓިކްސް, ސްޓްރަކްޗަރަލް އިންޖިނިއަރިންގ, ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް , އަރބަން ޕްލޭނިންގ, އާބަން ސްޓަޑީޒް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
އެޑްމިނިސްޓްރޭޝަން
މެނޭޖްމެންޓް
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ލީގަލް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (އިޞްލާޙު1) ގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ02 މާރޗް 2025 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 މާރޗް 2025 އާއި 30 އެޕްރީލް 2025 އާއި ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.