އެގްޒަމިނަރުން ހޯދުމާއި ގުޅޭ

11 މެއި 2025|(IUL)468-VR/468/2025/117
ސުންގަޑި: 18 މެއި 2025 (ހެނދުނު 9:0)

އެގްޒަމިނަރުން ހޯދުމާއި ގުޅޭ

މިކައުންސިލުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

އެގްޒަމިނަރ

ބޭނުންވާ ޢަދަދު:03

ޝަރުޠު

ދަށްވެގެން A,A1,B1,B2,C1,C2 ލައިސަންސް އޮތުން.

ފާއިތުވި 5 އަހަރު ދުވަހުގެތެރޭގައި ޓްރެފިކް ވަޔޮލޭޝަން ކުށެއްކޮށްފައިނުވުން . އަދި ޖިނާޢީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން .

ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ޙައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެ ދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން .

އުޖޫރަ

ޓެސްޓްކުރާ ކޮންމެ A,A1 ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/15( ފަނަރަ ) ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ( ފަންސަވީސް ) ރުފިޔާ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 18 މެއި 2025 ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑްފޯމާއި އަދި ވަނަވަރާއި އެކު ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.