އިޢުލާނު | |
މަޤާމު: | ކައުންސިލް އެސިސްޓެންޓް |
ބޭނުންވާ އަދަދު: | 04 (ހަތަރެއް) |
މަޤާމުގެ ގިންތި: | ވަގުތީ |
މަޤާމުގެ ރޭންކު: | އެސް. އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: | ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް |
މުސާރަ: | މަހަކު 3,100 (ތިން ހާސް އެއްސަތޭކަ) ރުފިޔާ |
ސަރވިސް އެލަވަންސް: | މަހަކު 1,000 (އެއްހާސް) ރުފިޔާ |
އެހެނިހެން އެލަވަންސް: | - ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ 35% ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 1,200 ( އެއްހާސް ދުއިސައްތަ ) ރުފިޔާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
200 ފްލެޓް ހިމެނޭ 25 އެއްމެދު ޢިމާރާތުގެ ބައުންޑްރީއާއި އިމާރާތާއި ޢިމާރާތުގެ ޢާންމު ތަންތަނުގައި ކުރަންޖެހޭ މަރާމާތުތައް ކުރުން އެއްމެދު ޢިމާރާތްތައް ވަށައިގެންވާ ސަރަޙައްދު ކުނިކަހާ ވިނަ ނޮޅައި ސާފުކުރުން. އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ސިޑިގޮޅި، އެއްމެދު ޢިމާރާތުގެ ހިމެނޭ ޢާއްމު ސަރަޙައްދުތައް ކޮންމެ ދުވަހަކު ފޮޅާ ސާފު ކުރުމާއި، ކުނިނެގުމާއި، ސިޑިގޮޅީގައި ހުންނަ ބޮކިތަކާއި ސެންސަރުތައް ޗެކްކޮށް ހަލާކުވެ ނުވަތަ މައްސަލަ ޖެހިފައިވާ ތަކެތި ބަދަލުކުރުމާއި މަރާމާތުކުރުން. ތަނުގައި އުފެދޭ ކުނި ދިވެހިރާއްޖޭގެ ކުނި މެނޭޖް ކުރުމާބެހޭ ޤަވާއިދާއި ފުވައްމުލަކު ކުނި ނައްތާލުމާ ބެހޭ ޤަވާއިދާއި ފުވައްމުލަކު ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ކުނި މެނޭޖްކުރުމާއިބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުނި ނައްތާލަން ވާނެއެވެ. ފްލެޓް ޢިމާރާތްތަކުގެ ޢާއްމު ތަންތަނަށް ކުނިއަޅާ ފަރާތްތައް ބަލާ އަންގަންވާނެއެވެ. ޢާންމު ސަރަޙައްދުތަކުގައި ގަސްމުށި ތަކާއި އެކި ބާވަތުގެ ތަކެތި ބަހައްޓާފައިވާނަމަ އެތަކެތި ނަގާ ސާފުކޮށް ބަލަހައްޓަންވާނެއެވެ. ގާޑެން ލޮޓް ތަކުގައި ހައްދާފައި ހުންނަ ގަސްތަކުގެ ބައިތައް ލޮޓްގެ އޭރިއާއިން ބޭރުވާނަމަ، އެ ބައިތައް ކޮށަންވާނެއެވެ. އާންމު ސަރަހައްދު ތަކުގައި އިންދާފައިވާ ގަސްތައް ކޮށައި، ގަސްއިންދުން މަނާ ތަންތަނުގައި އިންދާފައިވާ ގަސްތައް ނަގައި ސާފުކޮށް ބަލަހައްޓަން ވާނެއެވެ. ދަޑިމަގު ފްލެޓްގެ ބައުންޑްރީގެ ތެރޭގައި ހަދާފައިވާ ކުޑަކުދިންގެ ޕާރކް މަރާމާތުކޮށް ބެލެހެއްޓުމާއި ކުނިކަހާ ސާފުކުރުން ޕާކު ތެރޭގައި ބެހެއްޓިފައި ހުންނަ ތަކެތި ސާފުކޮށް ބެލެހެއްޓުން ޕާކް ތެރެއާއި ވަށައިގެން އޮތް ސަރަޙައްދުގައިވާ ގަސްތަށް ކޮށައި ސާފުކުރުން އަދި ޕާކްތެރޭގައި ހުރި ބައްތިތައް (1 ޑަބަލް އަދި 2 ސިންގަލް ބައްތި) މަރާމާތުކޮށް ބެލެހެއްޓުން. ތަނުގައި ހިމެނޭ މަގު ބައްތިތައް (55 ސިންގަލް އަދި 7 ޑަބަލް ބައްތި ) މަރާމާތުކޮށް ބެލެހެއްޓުން. އެއްމެދު ޢިމާރާތްތަކުގައި ކުލަލުން އެއްމެދު އިމާރާތުގެ ޢާއްމު ތަންތަނާއި ސިޑި ގޮޅިއާއި ރެއިލިންގ ހަޑިވެފައިވާނަމަ ކުލައާއި ދަވާދުލުން، އަދި ރެއިލިން ހަލާކުވެފައިވާނަމަ މަރާމާތުކޮށް ދަވާދުލުން. ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ނުވަތަ އެހެން ފަރާތަކުން ކުރާ ކަމެއްގެ ސަބަބުން ޢިމާރާތްތަކުގެ ބޭރު ފާރު ކަނޑައިގެންދާ ދިއުން، ލަސްނުކޮށް ކެނޑުންތައް ބައްދައި ޢިމާރާތްތަކުގެ އެތެރެއާއި ސްޓްރަކްޗަރއަށް ފެނާއި ވައި ނުވަންނަގޮތަށް ރައްކާތެރިކުރުން. އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ އެންމެން ޙިއްސާވާގޮތަށް ބޭނުންކުރެވޭ ސްވަރޭޖް ނުވަތަ ފެންހޮޅިތަކުން ފެންލީކުވާނަމަ ރަނގަޅުކުރުން. އެއްމެދު ޢިމާރާތްތަކަށް ވަޅުފެން ފޯރުކޮށްދޭ ފެން ޕަމްޕް ރޫޓިންކޮށް ޗެކްކޮށް ބެލެހެއްޓުމާއި ފެންލިބުމުގައި މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި އެކަމެއް ޙައްލުކޮށްދިނުން. ފެން ޕަމްޕް މަރާމާތުކުރެވޭފަދަ ހާލަތްތަކުގައި މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދައި މަރާމާތުކުރުން ފެން ޕަމްޕް ބޭނުންނުކުރެވޭ ވަރަށް ބާވެ ނުވަތަ ހަލާކުވެއްޖެނަމަ ފެންޕަންޕު ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން އެއްމެދު ޢިމާރާތްތައް ހިމެނޭ ސަރަޙައްދުގެ ނަރުދަމާގެ ބައިތައް ސާފުކުރަން ޖެހިއްޖެހިނދެއްގައި ސާފުކުރުމާއި އެ ސަރަޙައްދުގައި ޖެހޭ ނަރުދަމާގެ މައްސަލަތައް ޙައްލުކުރުން. މަސައްކަތުގެ ބާވަތުން ކުޑަ ބޮޑުމިނަށް ބަލައި މައްސަލަ ޙައްލުކުރަންވާނެ. އެއްމެދު ޢިމާރާތްތަކުގެ ހުރިހާ ވަޅުތައް ކޮންމެ 4 މަހުން އެފަހަރު ދޮވެ ސާފުކުރުމާއި ވަޅު ހިއްކުން. ފެންވަޅުތަކުގައި ބަހައްޓާފައިވާ އޮކްސިޖަން ޕަމްޕުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ޕަންޕުގެ ހޮޅިލައިނާއި ބަރުތައް މަހަކު ދެފަހަރު ސާފްކޮށް ބެލެހެއްޓުން. އަދި ހަލާކުވެއްޖެނަމަ، ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. އެއްމެދު ޢިމާރާތްތަކުގެ ޢާއްމުތަންތަނުގައި ބެހެއްޓިފައިހުރި އަލިފާން ނިއްވާ ފުޅިތަކާއި ފަޔަރ ބްލޭންކެޓް، ސްމޯކް ޑިޓެކްޓަރ އަދި މި ނިޒާމުގައި ހިމެނޭ އެންމެހައި ތަކެތި ސާފްކޮށް މަރާމާތުކޮށް ބެލެހެއްޓުމާއި ހަލާކުވުމުގެ ސަބަބުން ބަދަލުކުރަން ޖެހިއްޖެނަމަ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރިމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން. |
މަޤާމުގެ ޝަރުޠުތައް: | ލިޔަން ކިޔަން އެނގުން ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. މަޤާމުގެ ތައުލީމީ ރޮނގުތައް: ނެތް ޕްރިފަރޑް ޑިސިޕްލިންތައް: ނެތް ކޯ ޑިސިޕްލިން: ނެތް ގުޅޭ ވަޒީފާގެ ދާއިރާތައް: ފޮޅާ ސާފުކުރުން ކުލެރިކަލް ސަޕޯޓް |
ހުށަހަޅަންޖެހޭ ލިޔުންތައް: | ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރޗް 2025 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 މާރޗް 2025 އާއި 20 އެޕްރީލް 2025 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |