ކައުންސިލް އޮފިސަރ

5 އެޕްރީލް 2023|(IUL)468-HR/468/2023/110
ސުންގަޑި: 11 އެޕްރީލް 2023 (ހެނދުނު 8:0)

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-376820

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް

މުސާރަ:

މަހަކު 5610.00 (ފަސް ހާސް ހަސަތޭކަ ދިހަ) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000 (ދެހާސް) ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިން ކޯ އެލަވަންސް: މަހަކު 700 ރުފިޔާ

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރައްޔިތުންނަށް އައިޑީކާޑު ހަދައި ދިނުމަށްޓަކައި ފޯމުބަލައިގަނެ އައިޑީކާޑު ހެދުމަށް ފޮޓޯ ނަގައި ފިންގަރ ޕްރިންޓާއި ސޮއެ ނެގުމަށްފަހު ސްކޭން ކުރަންޖެހޭ ތަކެތި ސްކޭންކޮށް ނެޝެނަލް ރަޖިސްޓްރޭޝަނަށް މެއިލްކުރުން.

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރައްޔިތުންގެ އައިޑީކާޑު ނޭޝަނަލް ރަޖިސްޓްރޭޝަނުން ލިބުމުން ކާޑުގެ ވެރިފަރާތްތަކަށް އަންގައި އައިޑީ ކާޑަށް ފައިސާ ބަލައިގަތުމަށްފަހު ކާޑު ޙަވާލުކޮށް ފައިސާ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށްޓަކައި ބަޖެޓް ސެކްޝަނާއި ފައިސާ ޙަވާލުކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ވިހާމަރުވާ މީހުންގެ ދަފްތަރު ބެލެހެއްޓުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ މަރުވާމީހުންނާއިބެހޭ މަޢުލޫމާތު އެންސްޕާ އަށް ފޮނުވުން

ރަށުންބޭރަށް އުފަންވެގެން މަޢުލޫމާތު ލިބޭ ފުވައްމުލައް ސިޓީގެ 08 އަވަށުގެ ކުދިންގެ މަޢުލޫމާތު ހޯދައި ބެލެހެއްޓުން

ފުވައްމުލައް ސިޓީގެ އުފަންވާ ކުދިންގެ ދަފްތަރު އެކުލަވާލައި 08 އަވަށް ވަކިން އަޕްޑޭޓްކޮށް ބެލެހެއްޓުން

ފުވައްމުލައް ސިޓީގެ 08 އަވަށުގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންގެ ދަފްތަރެއް ބެލެހެއްޓުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ މީހުންގެ ރަށްވެހިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ތައްޔާރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ކަނޑައެޅޭ މުއްދަތުގައި ސެޓްފިކެޓް ހަދައި ޙަވާލުކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުން އުފަންވާ ކުދިންގެ ފޫޅުމާފޯމު ހުށަހެޅުމުން އުފަންވާކުދިންގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ބޭނުންވޭ ފޯމުދޫކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުން އުފަންވާކުދިންގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ފޯމު ހުށަހެޅުމުން އައިޑީކާޑު ނަންބަރ ހޯދުމަށް ޑީ.އެން.އާރ އަށް ފޯމު މެއިލް ކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުން އުފަންވާ ކުދިންގެ އައިޑީކާޑު ނަންބަރ ލިބުމުން އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ތައްޔާރުކުރުމަށްފަހު ރަށްވެހިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ސޮއި ކުރުވައި އުފަންދުވަހުގެ ސެޓްފިކެޓާއި އުފަންދުވަހުގެ ރަޖިސްޓްރީ ހަދައި ޙަވާލުކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުން އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމަށްފަހު ރަޖިސްޓްރީ ސްކޭން ކުރުމަށްފަހު ޑީ.އެން.އާރ އަށް ފޮނުވުން.

ފުވައްމުލައް ސިޓީގެ 08 އަވަށުން މަރުވާ މީހުން ރަޖިސްޓްރީ އިން އުނިކުރުމާއި އަދިމަރުވާމީހުންގެ ދަފްތަރު އެކުލަވާލައި އަޕްޑޭޓްކޮށް ބެލެހެއްޓުން.

ފުވައްމުލައް ސިޓީ އަށް ރަށްވެހިކަން ބަދަލުވުމަށް ހުށަހަޅާ ރަށްރަށުގެ މީހުންގެ މަޢުލޫމާތު ހޯދުމަށް މެސެޖްކޮށް މަޢުލޫމާތު ލިބުމުން ރަޖިސްޓްރީގައި ނަން ލިއުމަށްފަހު ޑީއެންއާރ އަށް ރަޖިސްޓްރީގެ ކޮޕީ ފޮނުވައި ކުރިން ރަޖިސްޓްރީވެފައިވާ ރަށަށް އެކަން އެންގުން

ފުވައްމުލައް ސިޓީގެ ރައްޔިތުން އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުވުމަށް ހުށަހެޅޭ މައްސަލަތަކުގައި މަޢުލޫމާތު ފޮނުވައި ރަޖިސްޓްރީ އިން އުނިކޮށް ޑީއެންއާރ އަށް ފޮނުވުން

ފުވައްމުލަކު ސިޓީގެ 08 އަވަށުގައި ދިރިއުޅޭ އެހެން ރަށްރަށު މީހުންނަށް މި ރަށުގައި ދިރިއުޅޭ ކަމުގެ ލިއުން ހަދައި ދޫކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރައްޔިތުންނަށް އިމަޖެންސީކޮށް ހަދަންޖެހޭ ފޮޓޯޖެހި ލިއުން ހަދައި ޙަވާލުކުރުން.

ފުވައްމުލައް ސިޓީގެ 08 އަވަށުން ނަންބަދަލުކުރަން ހުށަހެޅޭ މައްސަލަތައް ޑީ.އެން.އާރ އަށް ލިޔެ އިސްލާޙުކުރާ ސްޓިކާ ލިބުމުން ރަޖިސްޓްރީ އިޞްލާޙުކޮށް ޑީ.އެން.އާރ އަށް ފޮނުވުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ބަންދު މީހުންނާއި ކުށްވެރިންނާއި ގުޅޭ ކަންކަން

ކޯޓު ޙުކުމާއި އެއްގޮތަށް މީހާ ގެނެސް އަންގާ އެންގުންތައް އަންގައި އޮފީހުގެ ބެލުމުގެ ދަށުން (އޮފީހުގެ ވެހިކަލްގަ މުވައްޒަފަކާއި އެކު) ގެއަށް ފޮނުވާލުން

ފުވައްމުލައް ސިޓީގެ 08 އަވަށުން ނަހަލާލަށް ބަލިވެއިނދެ ވިހާ މައްސަލަތައް ތަޙްޤީގުކުރުމަށް ޕޮލިހަށް ފޮނުވުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ގޭގޭގެ ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ޙަވާލުކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުގައި އަލަށް ރަށްވެހިންގެ ރަޖިސްޓްރީ ހެދުމަށް ހުށަހެޅޭ މައްސަލަތަކުގައި ކުރިން ރަޖިސްޓްރީ ކޮށްފައި އޮންނަ ގެއިން އުނިކުރުމަށް އަލަށް ރަޖިސްޓްރީ ބަދަލުކުރާގޭގެ ރަށްވެހިންގެ ރަޖިސްޓްރީ ހެދުމަށްފަހު އުނިކުރި ގެއާއި އިތުރު ކުރި ގޭގެ ރަށްވެހިންގެ ރަޖިސްޓްރީ ސްކޭންކޮށް ޑީއެންއާރ އަށް ފޮނުވުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރައްޔިތުންނަށް އައިޑީކާޑު އެކި ޢުމުރުފުރާ ވަކިން އެގޭ ގޮތަށް ރަޖިސްޓްރީ ސޮފްޓްވެއަރ އަޕްޑޭޓްކޮށް ބެލެހެއްޓުން

ސެކްޝަނަށް ލިބޭ މައްސަލަ ބަލައިގަނެ އެންޓްރީކޮށް ޙަވާލުކުރަންޖެހޭ މުވައްޒަފުންނާ މައްސަލަ ޙަވާލުކުރުން

އިލެކްޝަނާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން

ފުވައްމުލައް ސިޓީގެ 08 އަވަށުގެ ރަށްވެހިކަމާއި އާބާދީ އާއި ގުޅިގެން ހުށަހެޅޭ އެހެނިހެން މައްސަލަތަކާއި ގުޅޭ މަސައްކަތްތައް

ފުވައްމުލައް ސިޓީގެ 08 އަވަށަށް އުފަންވާ ކުދިންގެ ފޫޅުމާފޯމުގެ ރީދޫކޮޕީ ފުވައްމުލަކު ހޮސްޕިޓަލުން ލިބުމުން ޖެހިގެން އަންނަމަހުގެ 10 ވަނަ ދުވަހުގެ ކުރިން ސިޓީ އާއިއެއްކޮށް ޑީއެންއާރ އަށް ޕޯސްޓްކުރުން

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ  ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން ، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް  ، ސިވިލް އިންޖިނިއަރިންގ، ކޮމާސް ، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ، ކޮމްޕިއުޓަރ ސައިންސް ، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް  ، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް  ، އިކޮނޮމިކްސް ، އެންވަޔަރަންމެންޓަލް ސައިންސް ، ފައިނޭންސް ، ގަވަރނަންސް ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ، ހިއުމަން ރިސޯސް ، އިންފޮމޭޝަން ޓެކްނޮލޮޖީ ، އިންޓަނޭޝަނަލް ރިލޭޝަންސް ، ލޯ ، ލީޑަރޝިޕް ، ލައިބްރަރީ ސައިންސް ، ލޯކަލް ގަވަރނަންސް ، މެނޭޖްމަންޓް  ، މެރިން ސައިންސް ، މާކެޓިންގ ، އޮފީސް އެޑްމިނިސްޓްރޭޝަން ، ޕޮލިސީ ސްޓަޑިޒް ، ޕޮލިޓިކަލް ސައިންސް ، ޕްރޮޖެކްޓު މެނޭޖުމަންޓު ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް ، ޕަބްލިކް ޕޮލިސީ  ، ޕަބްލިކް ރިލޭޝަންސް ، ޝަރީޢާ އެންޑް ލޯ ، ސޯޝަލް ސައިންސް ، ސޯޝަލް ވޯރކް ، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  ، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ

ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު

،

ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން

ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އެޕްރީލް 2023 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން  12 އެޕްރީލް އާއި 12 މެއި 2023 އާ ދެމެދު، ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 13 ރަމަޟާން 1444

04 އެޕްރީލް 2023