ކައުންސިލް އޮފިސަރ

4 މެއި 2024|(IUL)468-HR/468/2024/91
ސުންގަޑި: 9 މެއި 2024 (ހެނދުނު 8:0)

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-353287

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމި

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް ، ފުވައްމުލައް

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިން ކޯ އެލަވަންސް: މަހަކު 700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުވައްޒަފަށް ލިބޭ މުސާރައިގެ %35

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ފުވައްމުލަކު ރައްޔިތުންގެ ސިއްޙީ މައްސަލަތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތައް ފުވައްމުލަކު ހޮސްޕިޓަލް އަދި ޕަބްލިކް ހެލްތާއި ގުޅިގެން ސްޕަވައިޒަރު އަންގާ ގޮތެއްގެމަތިން ކުރުން

ބިދޭސީން ދިރިއުޅޭ ތަންތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމާއި ހުންނަންޖެހޭ ސިއްޙީ މިންގަނޑުތަކާ އެއްގޮތަށް އެފަދަ ތަންތަން ހުރޭތޯ ބެލުމަށް ޕަބްލިކްހެލްތާ ގުޅިގެން އިންސްޕެކްޓް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން

މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މަދިރި މަދުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން

ދަނޑުވެރިންނާއި މަސްވެރިންނަށް ޢާންމު ސިއްޙަތަށް ގެއްލުން ނުވާނެގޮތަށް ތަކެތި އުފެއްދުމާ އުފެއްދުންތައް ރައްކާކޮށް ބެލެހެއްޓުމާ ބެހޭ ގޮތުން ހޮސްޕިޓަލާއި ގުޅިގެން މަޢުލޫމާތު ދިނުން

ގޭގެއަށް އުނދަގޫވާތީ ކަނޑާލަންޖެހޭ ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރުން

ފުވައްމުލައްސިޓީގެ އާބާދީ އަކީ އިޖްތިމާޢީ ގޮތުން ދުޅަހެޔޮ އާބާދީ އަކަށް ހެދުމަށްޓަކައި ރިވެތި އަޚްލާގާއި ރަގަނޅު އާދަކާދަތަކަށް އަހުލުވެރި ކުރުމަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމް ތައް ހިންގުން

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދަފްތަރެއް އެކުލަވާލައި އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކައި މަޝްވަރާކޮށްގެން މަސައްކުރުން

ފުވައްމުލައްސިޓީގައި ހިނގާ މައިގަނޑު ކުށްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ފުވައްމުލަކު ޕޮލިސްސްޓޭޝަނާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރ އާއި ގުޅިގެން ކުރުމާއި އެމަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި އެހެނިހެންވެސް ނޭދެވޭ އިޖްތިމާޢީ ބަލިތަކުން ޒުވާނުން ދުރުހެލި ކުރުވައި ޤައުމީ ރޫޙް އާލާކުރުވާ ދީނީ ގޮތުން ޒުވާނުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން

ސްކޫލް ނިންމާ، ވަޒީފާ އަދާނުކުރާ ޒުވާނުންނަށް ކެރިއަރ ގައިޑެންސް ދިނުމާއި ،އެކިއެކި ސަބަބުތަކާހެދި ސްކޫލުން ވަކިވާ ކުދިންގެ ދަފްތަރެއްހަދައި އެކުދިންނަކީ ހުނަރުވެރި މަސައްކަތްތެރިންނަށް ހެދުމަށް ޓްރެއިނިންގ އިންސްޓިޓިއުޓް ތަކާއި ގުޅިގެން މަސައްކަތް ކުރުން

މަތީ ތަޢުލީމް ޙާޞިލް ނުކޮށް ވަޒީފާތަކަށްދާ މިންވަރު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ސާވޭތައް ކޮށް މަޢުލޫމާތު އެއްކުރުން

އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސް ހޯދުމަށް ފުރަންޖެހޭ ފޯމް ދޫކުރުމާއި އެލަވަންސް ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން

'އިބަމަ' ގެ އިދާރީ މަސައްކަތްތައް ކުރުމާއި އިބަމައިން ހިންގާ ޙަރަކާތްތަކަށް ކުރަންޖެހޭ މަސައްކަތް ކުރުން

ފުވައްމުލަކުގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާތަކާއި ޓިއުޝަންކްލާސް ތަކާއި ޤުރުއާން ކްލާސް ތަކުގެ ދަފްތަރު އެކުލަވާލާ ގަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓު ޖަމްޢިއްޔާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސުޕަވައިޒަރ އަންގާގޮތެއްގެ މަތިން ކުރުން

މާލެސިޓީ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ދީނީ، އަދަބީ، އާޓް، މުބާރާތްތަކުގައި ބައިވެރިވާ ފުވައްމުލަކުގެ ސްކޫލްތަކުގެ ޓީމްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

ފުވައްމުލަކުގެ ތަޢުލީމު ކުރިއެރުވުމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ޙާޞިލުކުރުމަށްޓަކައި ފުވައްމުލަކުގައި ހުރި ތަޢުލީމުދޭ މަރުކަޒުތަކާއި ކައުންސިލް ގުޅިގެން ހިންގާ އެންމެހައި ހަރަކާތްތައް ރާވާ ހިންގުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް / ޕްރިފާޑް ޑިސިޕްލިން:

އެކައުންޓިންގ ,އެޑްމިނިސްޓްރޭޝަން , އެގްރިކަލްޗަރަލް ސައިންސް ,އެންތްރޯޕޮލޮޖީ .އާކިޓެކްޗަރ ,ބިޒްނަސް,ބިޒްނަސް އެޑްމިނިސްޓްރޭޝަން ,ބިޒްނަސް މެނޭޖްމަންޓް ,ސިވިލް އިންޖިނިއަރިންގ,ކޮމާސް ,ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ,ކޮމްޕިއުޓަރ ސައިންސް ,ކައުންސިލް އެޑްމިނިސްޓްރޭޝަން, ކަލްޗަރ އެންޑް ހެރިޓޭޖް ,ޑިމޮގްރަފީ ,ޑިވެލޮޕްމަންޓް ސްޓަޑީޒް ,އިކޮނޮމިކްސް ,އެޑިއުކޭޝަން,އެންވަޔަރަންމެންޓަލް ސައިންސް ,ފައިނޭންސް ,ގަވަރނަންސް ,ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ,ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ,ހިއުމަން ރިސޯސް ,އިންފޮމޭޝަން ޓެކްނޮލޮޖީ ,އިންޓަނޭޝަނަލް ރިލޭޝަންސް ,ލޯ ,ލީޑަރޝިޕް ,ލައިބްރަރީ ސައިންސް ,ލޯކަލް ގަވަރނަންސް ,މެނޭޖްމަންޓް ,މެރިން ސައިންސް ,މާކެޓިންގ ,އޮފީސް އެޑްމިނިސްޓްރޭޝަން ,ޕޮލިސީ ސްޓަޑިޒް ,ޕޮލިޓިކަލް ސައިންސް ,ޕްރޮޖެކްޓު މެނޭޖުމަންޓު ,ޕަބްލިކް އެޑްމިނިސްޓްރޭޝަން ,ޕަބްލިކް މޭނޭޖްމަންޓް ,ޕަބްލިކް ޕޮލިސީ ,ޕަބްލިކް ރިލޭޝަންސް ,ޝަރީޢާ އެންޑްލޯ ,ސޯޝަލްސައިންސް ,ސޯޝަލް ވޯރކް ,ސޯޝިއޮލޮޖީ ,ސްޕޯޓްސް މެނޭޖްމަންޓް ,ސްޓެޓިސްޓިކްސް ,ސްޓްރަކްޗަރަލް އިންޖިނިއަރިންގ ,ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ,އަރބަން ޕްލޭނިންގ ,އާބަން ސްޓަޑީޒް.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

މެނޭޖްމެންޓް

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މެއި 2024 ގެ 13:00 ގެ ކުރިން، ފުވައްމުލައް ސިޓީ ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،12 މެއި 2024 އާއި 12 ޖޫން 2024 އާ ދެމެދު، ފުވައްމުލައް ސިޓީ ކައުންސިލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6862835 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.