މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ ބައްދަލުވުން

ޕަބްލިޝްކުރެވުނު ތާރީޚް: 16 ނޮވެމްބަރ 2026

މި ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ނޮވެންބަރު 10 ވީ އަންގާރަ ދުވަހު. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ އިސްމާއިލް ރަފީޤް. މި ކޮމިޓީގެ މެމްބަރުންގެ ދައުރަކީ 3 އަހަރު. މި ބައްދަލުވުމުގައި މެމްބަރުންނާއި ކޮމިޓީގެ ހިންގާ ޤަވާއިދު ހިއްސާކޮށްފައިވޭ. އަދި ފުވައްމުލަކުގެ ރާޅާއެޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކުން މި ކޮމިޓީގައި ތަމްސީލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ ޣައުލަބިއްޔަތުން ފުވައްމުލަކުގެ ރާޅާއެޅުމުގެ ދާއިރާ ތަމްސީލުކުރަން މެމްބަރެއް ކޮމިޓީއަށް އައްޔަންކުރުމަށް ވަނީ ފާސްވެފައި. މީގެ އިތުރުން ފުވައްމުލައް ކޮންޒަވޭޝަން ޓްރަސްޓް ފަންޑް ބޯޑުގައި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ ތަމްސީލު ކުރާނޭ މެމްބަރެއްގެ ގޮތުގައި ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ ޣައުލަބިއްޔަތުން ހަމަޖައްސާފައިވަނީ ފުވައްމުލައް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޟު.

މި ބައްދަލުވުމުގައި ބައިވެރިވީ ދަނޑުވެރިކަން، ތައުލީމީ ދާއިރާ، ދިވެހި ބޭސްވެރިކަން، ފުވައްމުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ފުވައްމުލައް ސިޓީ ކައުންސިލް، ޤައުމީ ޔުނިވާރސިޓީ، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ތިމާވެއްޓާއިބެހޭ ވުޒާރާ، މަދަނީ ޖަމްއިއްޔާތައް ތަމްސީލުކުރުމަށް ކޮމިޓީއަށް އައްޔަން ކުރެވިފައިވާ ބޭފުޅުން.

ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ ބައްދަލުވުން