1618

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް

news image
ޕަބްލިޝްކުރެވުނު ތާރީޚް: 12 ސެޕްޓެމްބަރ 2026

ފުވައްމުލައް ސިޓީ ވެޓަރަންސް ފުޓްސަލް މުބާރާތް 2026 ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު (ޑީ.އެސް.އާރު.ސީ) އިން ހޯދައިފިއެވެ. މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކުމަށްފަހު ޑީ.އެސް.އާރު.ސީ އިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 3 ލަނޑު 2 ލަނޑުން ދޫނޑިގަން ބަލިކުރުމަށްފަހުއެވެ.

މި މަހުގެ 10ވަނަ ދުވަހުގެ ރޭ މާދަޑު ކުޅިވަރު ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ދޫނޑިގަން ޓީމުން، އެހެން ނަމަވެސް ފަހަތުން އަރާ ޑީ.އެސް.އާރު.ސީއިން ވަނީ އެއްވަރުކޮށް ކުރިހޯދާފައެވެ.

މި މުބާރާތުގައި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ފުރިހަމަ ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމު ހޯދީ ދޫނޑިގަން ޓީމުގެ އަޙްމަދު މުބީން (ޖާޒީ ނަންބަރު 32) އެވެ. އަދި ޑީ.އެސް.އާރު.ސީ ޓީމަށް ކާމިޔާބު ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ނައުފް މުޙައްމަދު ވަނީ މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:.

އިބްރާހީމް އަޙްސަން (ޖާޒީ ނަންބަރު 6) – ޑީ.އެސް.އާރު.ސީ

ނިއުޝާދު ޢަލީ (ޖާޒީ ނަންބަރު 88) – ޑީ.އެސް.އާރު.ސީ

މުޙައްމަދު ޝިފާއު އަޙްމަދު (ޖާޒީ ނަންބަރު 33) – ދޫނޑިގަން

އަޙްމަދު މުބީން (ޖާޒީ ނަންބަރު 32) – ދޫނޑިގަން

ގާސިމް މުޙައްމަދު (ޖާޒީ ނަންބަރު 4) – ދޫނޑިގަން

މި މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކުރިއެވެ. މިއީ 40 އަހަރުން މަތީގެ އުމުރުފުރާއަށް އަމާޒުކޮށް، ދުޅަހެޔޮ ސިއްހަތަކާއި ހަރަކާތްތެރި ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް އިންތިޒާމުކުރެވުނު ހަރަކާތެކެވެ.

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް