1618

ފުވައްމުލައް ސިޓީ ކައުންސިލުން އޮފީސްތަކަށް ހުޅުވާލާލައިގެން ބާއްވާ ބެޑްމިންޓަން މުބާރާތް ފަށައިފި

news image
ޕަބްލިޝްކުރެވުނު ތާރީޚް: 19 އޮގަސްޓް 2026

ފުވައްމުލައް ސިޓީ ކައުންސިލުން އޮފީސްތަކަށް ހުޅުވާލާލައިގެން ބާއްވާ ބެޑްމިންޓަން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގައި 4 ޓީމް ވާދަކުރެއެވެ. އެއީ ފެނަކަ ފުވައްމުލައް، އެސްޓީ.އޯ ރެކްރިއޭޝަން ކްލަބް، ކްލަބް ވެމްކޯ، ޓީމް އެމް.ޓީ.ސީ.ސީ. މި މަހުގެ ފަންސަވީހާ ހަމައަށް ފުވައްމުލައް ބެޑް މިންޓަން ހޯލްގައި ކުރިޔަށް ދާ މި މުބާރާތުގައި ކޮންމެ ދުވަހަކު މެޗެއް ކުޅޭނެއެވެ. މެޗްތައް ފަށާނީ ހަވީރު ހަތަރު ގަޑި ފަނަރައިގައެވެ. އަދި ކޮންމެ މެޗެއްގައި ފަސް ގޭމް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ފިރިހެން ޑަބަލްސް ދެ މެޗާއި، އަންހެން ޑަބަލްސް ދެމެޗާއި މިކްސް މެޗެކެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު ފައިނަލުގައި ބައްދަލުކުރާނީ އެންމެ ގިނަ މެޗް ކާމިޔާބު ކުރާ ދެ ޓީމެވެ. މުބާރާތުގައި ފުރަތަމަ މެޗްގައި ފެނަކަ ފުވައްމުލައް އަދި އެސްޓީއޯ ރެކްރިއޭޝަން ކްލަބު ބައްދަލުކޮށް 3-2 އިން މެޗު ކާމިޔާބު ކުރީ ފެނަކަ ފުވައްމުލައް ޓީމުންނެވެ.

މި މުބާރާތަކީ މުއައްސާތަކުގެ މެދުގައި ގުޅުންބަދަހި ކުރުމާއި، މަސައްކަތުގެ މާހަވްލުގައިވެސް ހަރަކާތްތެރި، މުއައްޒަފުންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ މެޗްތައް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކަމުން ދާނެއެވެ.