ނުކުޅުންދެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުން

މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ ދިގު މުއްދަތުގެ ޖިސްމާނީ، ނުވަތަ ނަފްސާނީ، ނުވަތަ ހިއްސުތަކުގެ ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނުމުގެ ނުކުޅެދުންތެރިކަން، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން، ޖިސްމާނީ ނުކުޅެދުންތެރިކަން، ވިސްނުމުގެ ނުކުޅެދުންތެރިކަން / ސިކުނޑީގެ ނުކުޅެދުންތެރިކަން، ނަފްސާނީ ނުކުޅެދުންތެރިކަން، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް، އުނގެނުމުގެ ނުކުޅެދުންތެރިކަން، މަލްޓިޕަލް ޑިސްއެބިލިޓީ (ނުކުޅެދުންތެރިކަމުގެ އެއްކަމަށްވުރެ ގިނަ ކަންކަން ހުރުން) މީހުންނެވެ.

  • މި ޚިދުމަތަށް ހުށަހެޅުމަށް އެ ފަރާތެއްގެ ނުކުޅެދުންތެރިކަން ހުންނަކަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ބޭސް ސިޓީ، ނުކުޅުދުންތެރިކަން ހުންނަ ފަރާތާއި އެ މީހަކުގެ ބެލެނިވެރި 2 ފަރާތުގެ އައިޑީކާޑު ކޮޕީ އާއި ގުޅޭނެ ނަމްބަރު އަދި އެކައުންޓް ނަންބަރު އެނގޭނެ ގޮތަށް އިންނަ ޑިޕޮޒިޓް ސްލިޕް ބޭނުންވާނެ
  • ކައުންސިލްގެ ކޮމިއުނިޓީ ސާރވިސް ސެކޮޝަނުން މި ލިޔެކިޔުންތަށް އެން.ޑީ.އާރް ޕޯޓަލްގައި ރަޖިސްޓަރީކޮށްދެވޭނެ
  • އެން.ޑީ.އާރް ޕޯޓަލްގައި ރަޖިސްޓަރީވުމުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ކާޑަށް އެދޭ ފޯމް ދޫކުރެވޭނެ އަދި ފޯމް ފުރިހަމަކުރުމުން ކާޑު ލިބޭނެ