އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.

އަސާސީ ޕެންޝަނަށް ރަޖިސްޓަރީކުރުމަށް

  • މި ހިދުމަތަށް ހުށަހެޅުމަށް އަސާސީ ޕެންޝަނަށް އެދޭ ފޯމް ފުރިހަމަކުރަންވާނެ، މި ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް އަދި ކައުންސިލްގެ ކޮމިއުނިޓީ ސާރވިސް ސެކްޝަނުން ލިބޭނެ
  • ފޯމް ފުރިހަމަކޮށް ކައުންސިލްގެ ކޮމިއުނިޓީ ސާވިސް ސެކްޝަނަށް ހުށަހެޅުމުން ކައުންސިލުން ޕެންޝަން އޮފީހަށް ފޮނުވައިދޭނެ