ޑަކްޓްލައިން ބޭނުންކޮށްގެން ކޭބަލް އެޅުމުގެ ހުއްދަ

ފުވައްމުލައް ސިޓީގައި ރަނގަޅު ފެންވަރަށް ހެދިފައިވާ މަގުތަކުގައި އެކި އެކި ބޭނުންތަކަށް ކޭބަލް އެޅުމަށް ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ. މި ހުއްދަ ކައުންސިލުން ދޫކުރާނީ ބަލަންޖެހޭ ކަންތައްތަށް ބެލުމަތްފަހު ފުވައްމުލައް ސިޓީގައި ރަނގަޅު ފެންވަރަށް ހެދިފައިވާ މަގުތަކުގައި ކޭބަލް އެޅުމާއި ގުޅޭ އުސޫލް (11 ސެޕްޓެމްބަރ 2022) އާއި އެއްގޮތަށެވެ. މިގޮތަށް ކޭބަލް އަޅާއިރު އަޅަންވާނީ ކޭބަލް ޑަކްޓު އަދި މަގަށް ގެއްލުން ނުވާގޮތަށެވެ.

ޑަކްޓްލައިން ބޭނުންކޮށްގެން ކޭބަލް އެޅުމުގެ ހުއްދައަށް

  • މަގުތަކުގައި ކޭބަލް އެޅުމުގެ ހުއްދައަށް އެދޭ ފޯމް ފުރުން، މިފޯމް ކައުންސިލްގެ ފްރޮންޓް އޮފީހުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބޭނެ
  • ފޯމުގައިވާ މައުލޫމާތު ވެރިފައިކޮށް، ފީދެއްކުމަށް އަންގާނެ، ފީދެއްކޭނީ ހަމައެކަނި ޓްރާންފަރކޮށްގެން
  • ފީދެއްކުމުން ހުއްދަ ދޫކުރެވޭނެ