މިސްކިތަށް ތަކެތި ހަދިޔާ ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އެދެވިގެންވާ ހެޔޮ ޢަމަލެކެވެ. މިކަމުގެ މުހިއްމުކަމުގެ ތެރޭގައި ﷲ ގެ ޙަޟްރަތުން ބޮޑު ދަރުމައާއި ޘަވާބު ލިބުމާއި، އިސްލާމީ ޝިޢާރު ދިރުވުން އަދި މުޖުތަމަޢުގެ ތަރައްޤީއަށް އެހީތެރިވުން ފަދަ މާތް މަޤުސަދުތައް ހިމެނެއެވެ. މިސްކިތްތަކަށް ތަކެތި ހަދިޔާ ކުރުމަށް ހުޅުވާލެވިފައިވަނީ ރައްޔިތުންނަށް މިފުރުސަތު ހޯދާދިނުމަށާއި ކައުންސިލުން މިސްކިތްތައް ބެލެހެއްޓުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައެވެ. މިސާލަކަށް މިސްކިތަށް ހަދިޔާ ކުރެވިދާނެ ތަކެތީގެ ތެރޭގައި ޚަތިމް، ނަމާދު ގޮނޑި، ކާޕެޓް، ފަންކާ، އޭސީ، ސައުންޑް ސިސްޓަމް، މިސްކިތް ސާފުކުރުމަށް ބޭނުންވާ ތަކެތި އަދި މިސްކިތަށް ބޭނުންވާ އެހެނިހެން ތަކެތި ހިމެނެއެވެ.

މިސްކިތަށް ތަކެތި ހަދިޔާކުރުމަށް

  • މި ހިދުމަތަށް ހުށަހަޅަން މިސްކިތަށް ހަދިޔާކުރަން ބޭނުންވާ ތަކެތީގެ ނަން، އަދަދު އަދި އެތަކެތީގެ އަގު ހިއްސާކުރަންވާނެ
  • ވަކި މިސްކިތަކަށް ހަދިޔާކުރަން ބޭނުންވާނަމަ އެ މިސްކިތެއްގެ ނަމާއި ހަދިޔާކުރަން ބޭނުންވާ ތާރީހް ފޯމްގައި ޖަހަންވާނެ، އެހެންނޫނީ ކައުންސިލުން އިޙްތިޔާރު ކުރާ މިސްކިތަކަށް އެ ތަކެތި ހަދިޔާ ކުރާނެ