މުޖުތަމައުގެ ތެރޭގައި ދުޅަހެޔޮ އަދި ހީވާގި ދިރިއުޅުމެއް ކުރިއެރުވުމަށްޓަކައި ކައުންސިލުން ދަނީ ޖިމް މެމްބަޝިޕްގެ ހިދުމަތްތައް ފޯރުކޮށްދެމުން

ޖިމް މެމްބަރަކަށް ވުމަށް

ޖިމް މެމްބަރަކަށް ވުމަށް

  • 18 އަހަރުން މަތީ މީހުންނަށް އީ.ފާސް އިން ލޮގިން ކޮށްގެން މަތީގައިވާ ލިންކުން އެޕްލައި ކުރެވޭނެ. އަދި އުމުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ ފަރާތްތަކުން ބެލެނިވެރިއެއްގެ އީފާސް އެކައުންޓް މެދުވެރިކޮށް އެޕްލައިކޮށް، ރަޖިސްޓްރީ ކުރާއިރު ބެލެނިވެރިޔާ ސޮއިކޮށްފައިވާ ރުހުން ފޯމެއް ހުށަހަޅަން ޖެހޭނެ
  • މެމްބަޝިޕް ރަޖިސްޓްރޭޝަންގައި ހިމެނިފައިވަނީ ތިން ކެޓަގަރީއެއް - ދިވެހި ރައްޔިތުން ، ބިދޭސީން އަދި ފަތުރުވެރިން. ރަޖިސްޓްރޭޝަން ހުށަހެޅުމުގެ ކުރިން މެމްބަޝިޕްގެ ބާވަތްތަކާއި ގަޑި ރަނގަޅަށް އިޙްތިޔާރުކުރެވިފައި ވޭތޯ ބަލަން ވާނެ
  • އިޙްތިޔާރުކުރާ މެމްބަޝިޕް ބާވަތްތަ ބަލައިގެން ރަޖިސްޓްރޭޝަން ފީ ތަފާތުވާނެ
  • ފޯމު ބަލާގަތުމާއެކު، މެމްބަޝިޕް ކާޑެއް ދޫކުރެވޭނެ، ކާޑު ޒުވާނުންގެ މަރުކަޒުގެ އޮފީހުން ދޫކުރެވެނޭ