އިންވަކި ކުރުމަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ބިން ނުވަތަ އެމީހަކަށް މިލްކުވެފައިވާ ބިމުގެ އިންވަކިކުރަން އެނގޭނޭހެން ފާހަގަކުރުމެވެ.

އިން ވަކިކުރުމަށް

ދައުލަތުން ދިރިއުޅުމަށްޓަކާ ދޫކުރެވޭ ބަންޑާރަ ބިމުގެ އިން ވަކިކުރުން

  • ޚިދުމަތައް އެދުމަށް ވަންގަވް މެދުވެރިކޮށް ބައުންޑްރީ ޑީމާކޭޝަން ރިލޭޓެޑް ސާރވިސަސް ވޯމުފުރުން
  • އެޕްލިކޭޝަން ޓައިޕެއް ގޮތަށް ނިއު ލޭންޑް ނެގުމަށްފަހު ގޯތި ލިބިފައިވާކަމުގެ ލިޔުން، އަދި ވެރިފަރާތު އައިޑީ ހުށަހެޅުން
  • ފޯމް ހުށަހެޅުމަތްފަހު ކައުންސިލުން އިންސްޕެކްށަނަތް ދިޔުމުގެ ކުރިން އިންމަތި އެނގޭނެގޮތަށް އެތަން ސާފުކުރުން
  • ކައުންސިލުން ފޯމު ވެރިފައިކޮށް އެތަނަށް ގޮސް އިން ދައްކުމުން، ވެރިފަރާތުން ކަންމުޑި ރޭނުން
  • ކަންމުޑި ރާނައި ނިންމައި، ކައުންސިލަށް އެންގުމުން ކައުންސިލުން ބެލުމަށްފަހު ރަނގަޅުނަމަ ގޯތީގެ ނަން ފާސްކުރަން ހުށަހެޅުމަށް އަންގާނެ

ހިބައިން ނުވަތަ ތަރިކައިން ލިބޭ ބިމުގެ އިންވަކިކުރުން

  • ޚިދުމަތައް އެދުމަށް ވަންގަވް މެދުވެރިކޮށް ބައުންޑްރީ ޑީމާކޭޝަން ރިލޭޓެޑް ސާރވިސަސް ވޯމުފުރުން
  • އެޕްލިކޭޝަން ޓައިޕެއް ގޮތަށް ލޭންޑް ރިސީވްޑް ވަޔާ ހެރިޓޭޖް/އިންހެރިޓެންސް ނެގުމަށްފަހު ޝަރީއަށް ނިމުނު ގޮތުގެ ރިޕޯޓް ހުށަހެޅުން
  • ފޯމް ހުށަހެޅުމަތްފަހު ކައުންސިލުން އިންސްޕެކްށަނަތް ދިޔުމުގެ ކުރިން އިންމަތި އެނގޭނެގޮތަށް އެތަން ސާފުކުރުން އދި މީގެއިތުރުން އިމާރާތެއްވާނަމަ ގޯތި ބަހާފައިވާ ޗާޓާ އެއްގޮތައް އިންވަކި ކުރެވޭނެ ގޮތް ހަމަޖއްސުންން
  • ކައުންސިލުން ފޯމު ވެރިފައިކޮށް އެތަނަށް ގޮސް އިން ދައްކުމުން، ވެރިފަރާތުން ކަންމުޑި ރޭނުން
  • ކަންމުޑި ރާނައި ނިންމައި، ކައުންސިލަށް އެންގުމުން ކައުންސިލުން ބެލުމަށްފަހު ރަނގަޅުނަމަ ގޯތީގެ ނަން ފާސްކުރަން ހުށަހެޅުމަށް އަންގާނެ

އަމިއްލަ ބިމުގެ އިންވަކިކުރުން

  • ޚިދުމަތައް އެދުމަށް ވަންގަވް މެދުވެރިކޮށް ބައުންޑްރީ ޑީމާކޭޝަން ރިލޭޓެޑް ސާރވިސަސް ވޯމުފުރުން
  • އެޕްލިކޭޝަން ޓައިޕެއް ގޮތަށް ޕްރައިވޭޓް ލޭންޑް ނެގުމަށްފަހު ބިން އަމިއްލަކުރި ގޮތުގެ ޗާރޓް ހުށަހެޅުން
  • ފޯމް ހުށަހެޅުމަތްފަހު ކައުންސިލުން އިންސްޕެކްށަނަތް ދިޔުމުގެ ކުރިން އިންމަތި އެނގޭނެގޮތަށް އެތަން ސާފުކުރުން
  • ކައުންސިލުން ފޯމު ވެރިފައިކޮށް އެތަނަށް ގޮސް އިން ދައްކުމުން، ވެރިފަރާތުން ކަންމުޑި ރާނަންވާނެ، ނަމަވަެސް މުޅި ބިން އެއްކޮށް އަމިއްލަކުރާއިރު ކަންމުޑިތައް ރާނައިފައިވާނަ މިޚިދުތައް އެދޭކަށް ނުޖެހޭނެ
  • ކަންމުޑި ރާނައި ނިންމައި، ކައުންސިލަށް އެންގުމުން ކައުންސިލުން ބެލުމަށްފަހު ރަނގަޅުނަމަ ގޯތި ރަޖިސްޓްރީކުރަމަށް ހުށަހެޅުމަށް އަންގާނެ