ގޯތި ރަޖިސްޓްރީ ކުރެވެނީ ގޯއްޗަށް ނަމެއް ކިޔައިގެން ކަމަށް ވާތީ ގޯތި ރަޖިސްޓްރީ ކުރުމުގެ ކުރިން ގޯއްޗަށް ކިޔާނެ ނަމެއް ފާސްކުރަންޖެހެއެވެ. އެގޮތުން ގޯތި ގެދޮރަށް ކިޔާ ނަމަކީ ނަމުގެ އަސްލު ކޮށްމެ ބަހަކަށް ނިސްބަތްވިކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ޘަޤާފަތާއި އިސްލާމްދީނަށް ފުށުނާރާ ނަމަކަށް ވާންވާނެއެވެ.

ގޯތީގެ ނަން ފާސްކުރުމަށް

ނަން ފާސްކުރާއިރު ޢަމަލުކުރަންވީގޮތް

  • ޚިދުމަތަށް އެދުމަށް ވަންގަވް މެދުވެރިކޮށް 'އެޕްރޫވަލް އޮފް ލޭންޑް ނޭމް' ފޯމް ފުރުން، އަދި މީގެ އެޕްލިކޭޝަން ޓައިޕެއް ގޮތަށް ބަންޑާރަ ބިމަކަށް ނަންފާސްކުރަނީތޯ، ނުވަތަ ހިބަތަރިކައިން ދީގެންތޯ، ނުވަތަ ނަން ބަދަލްކުރަންތޯ ނެގުން
  • ފޯމު ފުރާއިރު ގޯއްޗަށް ނަން ކިޔަން ބޭނުންވާ ތަރުތީބުން 3 ނަމެއް އިނގިރޭސިން އަދި ދިވެހިން ނަން އޮންނަ ގޮތާއިި އަދި މާނަޔާއެކު ހުށަހަޅަންވާނެ
  • ކައުންސިލުން އެ ނަން ޗެކް ކުރުމަށްފަހު ހުށަހަޅާއިފައިވާ 3 ނަންވެސް ނުލިބޭނަމަ އާ ނަންތަކާއިއެކު ފޯމް ހުށަހެޅުމަށް އަންގާނެ
  • ހުށަހަޅާއިވާ 3 ނަމުން އެއްވެސް ނަމެއް ފާސްވެއްޖެނަމަ ރަޖިސްޓަރީ ހެދުމަށް ބޭނުންވާ ނަމާއިއެކު ހުށަހަޅަން އަންގާނެ