ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރާ ޙާލަތްތަކުގައި ބިމާއި ބެހޭ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތީން ބިމުގެ އަގު އަދާކޮށް ނިމުމުން، ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާޠިކޮށް އަމިއްލަ ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނުން

ބިން އަމިއްލަ ކުރުމަށް

ބަންޑާރަ ބިން އަމިއްލަކުރުމަށް އަމަލުކުރަންވީގޮތް

  • ވަންގަވް މެދުވެރިކޮށް 'އޯނާޝިޕް ޗޭންޖް ފޯމް' ހުށަހެޅުން
  • ފޯމް ހުށަހަޅާއިރު އަމިއްލަ ކުރަން ބޭނުންވާ ބިމުގެ މިން އަކަފޫޓުން އެނގޭ ގޮތަށް ޖަހަންވާނެ
  • ކައުންސިލުން އިންސްޕެކްޝަން ނިންމާ އެޕްރޫވް ކުރުމުން ފައިސާ ދައްކާ ލިންކް އީ މެއިލް މެދުވެރިކޮށް ފޮނުވިގެންދާނެ
  • ފައިސާ ދެއްކުމަށްފަހު ގޯތި ރަޖިސްޓަރީ ކުރަން ހުށަހެޅުން
  • ބަންޑާރަ ބިމުން ވަކި ބައެއް އަމިއްލަ ކުރާނަމަ ބިމުގެ ޗާރޓާއެކު ހުށަހަޅަން ވާނެ