ޤާނޫނު ނަންބަރު:46/78 (ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާއި ބެހޭ ޤާނޫނުގެ "އެއްރަށެއްގެ ވަޒަންވެރިއަކު އަނެއް ރަށެއްގެ ވަޒަންވެރިއަކަށް ވުމާބެހޭ ޤާނޫނު") ގެދަށުން ފުވައްމުލަކުގެ ރަށްވެއްސަކަށްވުމަށް އެދުން. ސިޓިޒެންޝިޕް ޤާނޫނު ނަންބަރު :69/4ޖީ. ގެ ދަށުން ބިދޭސީން ފުވައްމުލަކު ރަށްވެއްސަކަށްވުމަށް އެދުން.

ފުވައްމުލަކު ރަށްވެއްސަކަށް ވުމަށް

ފުވައްމުލަކު ރަށްވެއްސަކަށް ވުމަށް އެދުން

  • 18 އަހަރު ފުރިފައިވާ ކޮންމި ދިވެހި ރައްޔިތަކަށް މިހިދުމަތަށް ހުށަހެޅޭނެ.
  • 18 އަހަރު ނުފުރޭ ކުއްޖެއްނަމަ ހުށަހަޅާނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ޤާނޫނީ ބަލަދުވެރިޔާ.
  • 18 އަހަރުން ދަށުގެ ކުދިން ރަޖިސްޓްރީ ބަދަލުކުރުމަށް ހުށަހަޅާއިރު ބައްޕަ ނޫން ފަރާތަކުން ހުށަހަޅާނަމަ ބައްޕަގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ ބޭނުންވާނެ
  • މި ހިދުމަތަށް ހުށަހޅާއިރު ޖައްސަން އެދޭ ގޭގެ ވެރިފަރާތް ނޫން ނަމަ ގޭގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީ ހުށަހަޅަންވާނެ