25 އެޕްރީލް 2024
ސުންގަޑި: 28 އެޕްރީލް 2024 ( 4:0)

ފުވައްމުލަކު ތޮށިލުމުގެ މަސައްކަތާއި ގުޅިގެން ހޭޅިފަށުން އުފުރާލެވިފައިވާ ރުއްތަކުގެ ނީލަން ކިޔުން 28 އެޕްރީލް 2024 ވާ އާދިއްތަ ދުވަހު ތިރީގައި މިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ.

ހެދުނު 9:00 ގައި ހޯދަޑު އޮސާކާ ގޯތީގެ އިރުއުތުރު ފަރާތުގައިވާ ރުއްތައް

ހެދުނު 9:30 ގައި މާލެގަން ރަވެން ގޯތީގެ އިރުދެކުނު ފަރާތުގައިވާ ރުއްތައް

ނީލަމުން މިރުއްތައް ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު 03ދުވަހުގެތެރޭ އެތަނުން ރުކުގެ ބައިތައް ނަންގަވަން ވާނެއެވެ.

މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.