ކުރުވާހަކަ ލިޔުމުގެ މުބާރާތް 2024
މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ޕަބްލިކް ލައިބްރަރީ އިން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން 9 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކުރުވާހަކަ (މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ އުސޫލުގައިވާ ފޯމެޓަށް) އަދި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 22 ފެބުރުވަރީ 2024 ގެ 13:00 ގެ ކުރިން،[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް ލިންކް