"އަންޑާރ ވޯޓާރ ފޮޓޯގްރަފީ" އަދި"ސީނިކް ފޮޓޯގްރަފީ އެވޯޑް" އަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

11 ސެޕްޓެމްބަރ 2024|(IUL)468-ESDS/468/2024/257

ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުމާއި ގުޅުވައިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން "ފުވައްމުލައް ޓޫރިޒަމް އެވޯރޑްސް 2024 " ގެ ނަމުގައި އެވޯރޑް ދިނުމުގެ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯރޑްތަކުގެ ތެރޭގައި "ފުވައްމުލައް އަންޑާރ ވޯޓާރ ފޮޓޯގްރަފީ" އަދި "ފުވައްމުލައް ސީނިކް ފޮޓޯގްރަފީ އެވޯޑް" ހިމެނެއެވެ.

ވީމާ، މި އެވޯރޑްތަކަށް ފޮޓޯ ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލާއި ފޮޓޯ ހިއްސާކޮށްދެއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށްލުމަށް 7487911 އާއި ގުޅުއްވުން އެދެމެވެ.

07 ރަބީއުލްއައްވަލް 1446

11 ސެޕްޓެންބަރު 2024