6 މެއި 2024|(IUL)468-LMS/468/2024/95
ސުންގަޑި: 9 މެއި 2024 (ހެނދުނު 6:0)

ފުވައްމުލަކު ދިގުވާނޑު ބާށާޑު ގޯޅި އާއި އިންވެގެން ބާށާޑު ގޯތީގެ ދެކުނުން އޮތް ހުސްބިމުގައި ހުރި ނަންބަރ 1 ޖަހާފައިވާ ރުކުގެ ނީލަންކިއުމަށް ބޭނުންވެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 މެއި 2024 ވާ ބުރާސްފަތި ދުވަހު 11:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި ނީލަމުން ރުއް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި ރުއްކަނޑައި ރުކުގެ ބައިތައް އެތަނުން ނަގައި ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.