ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮގްރާމާއި "މީރީ" ޕްރޮގްރާމާއި ގުޅޭ

29 މެއި 2023

ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮގްރާމާއި "މީރީ" ޕްރޮގްރާމާއި ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު "މީރީ" ޕްރޮގްރާމާއި، ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ތަކުގެ ދަށުން ހުޅުވާލެވޭ ކޮންމެ ފުރުސަތަކަށް ޖުމްލަ 100000 (އެއްލައްކަ) ރުފިޔާ އާ ހަމައަށް މާލީ އެހީ ފޯރުކޮށްދެވޭނެއެވެ.މިއީ ޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިލޭ ފައިސާގެ އެހީ ދެވޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ 2023 ޖޫން މަހުގެ ނިޔަލަށެވެ.

ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީ ދެވޭ ދާއިރާތައް:

އަތްތެރި މަސައްކަތް

ބިއުޓީ އަދި މޭކަޕް ކުރުން

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ

ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް

ކުޅިވަރު އަދި ފިޓްނަސް

ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)

އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް

ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް

އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު "މީރީ" ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީ ދެވޭ ދާއިރާތައް:

ގްރާންޓް ފޯ ވިމެން ލެޑް ބިޒްނެސް

ގްރާންޓް ފޯ ޓެއިލަރިން ބިޒްނެސް

ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމުގެ މަޢުލޫމާތު ދިނުން 01 ޖޫން 2023 ވަނަ ދުވަހުގެރޭ 20:30 ގައި ކުރުނދުމާ މާލަމުގައި އޮންނާނެއެވެ.

މިޕްރޮގްރާމުގައި ބައިވެރިވެލައްވަން ޝަޢުޤުވެރިވާ ފަރާތްތަކުން މިލިންކުގައިވާ https://forms.gle/SgqSRLkzQ5LpvSVx8 ގޫގްލް ފޯމު ފުރުއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7770767ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

08 ޛުލްޤަޢިދާ 1444

28 މެއި 2023