"ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

17 މާރިޗް 2024
ސުންގަޑި: 7 މެއި 2024 (ހެނދުނު 7:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 20 މެއި 2024 ގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 " ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 07 މެއި 2024 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފުވައްމުލަކު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.